އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލިހުގެ އިދާރާގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެއާއި ފޯޅަވަހީގެ އިން ވަކިކުރުމުގެ މައްސަލައިގަ ރާއްޖޭގެ ދިފާއުގައިމިނިސްޓަރ ޝާހިދު އެކަށީގެންވާ މަސައްކަތްޕުޅު ކުރައްވާފައި ނުވާ ކަމަށެވެ.

އިދިކޮޅުން މިމައްސަލަމަޖިލިަށް ވެއްދީ 13 މެންބަރުންގެ ސޮޔާއެކުއެވެ.

ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައި މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ބަންޑާރަނައިބަށް ދޭންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް ވަނީ ދީފައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *