ރައީސް މުހައްމަދު ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީން ވަކިވި 12 މެންބަރުން މަޖިލީހުގެ އެ ޕާޓީގެ ދަފްތަރުން ކެނޑޭނީ ޕާޓީން ވަކިވިކަން މަޖިލީހަށް އަމިއްލަފުޅަށް އެންގެވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޤަވާއިދުގެ 36 ވަނަ މާއްދާގައި މެންބަރުން މަޖިލީހުގައި ތަމްސީލު ކުރައްވާ ޕާޓީގެ ދަފްތަރުން ވަކިވާނެގޮތް ބަޔާންކޮށްފައިވާ ކަމަށާ އެގޮތުން މެންބަރުން ޕާޓީގެ ދަފްތަރުން ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަން ޖެހޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ، މެންބަރަކު އެ މެންބަރަކު ނިސްބަތްވާ ޕާޓީން ވަކިވާން ބޭނުންވެއްޖެ ހިނދެއްގައި، އެ ޕާޓީއަށާއި އިލެކްޝަންސް ކޮމިޝަނަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެކަން އެ މެންބަރަކު އަންގަންވާނެ ކަމަށެވެ.

އެމްޑީޕީން ވަކިވެފައިވަނީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މެންބަރު މުހައްމަދު ރަޝީދު (ބޯދިގު)، މެންބަރު އަހްމަދު ޒާހިރު (ގައްދޫ)، މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މެންބަރު ހަސަން ލަތީފް، މެންބަރު އީވާ އަބްދުﷲ، މެންބަރު އިލްޔާސް ލަބީބް، މެންބަރު އިމްތިޔާޒް ފަހުމީ، މެންބަރު ޔާސިރު އަބްދުއްލަތީފް، މެންބަރު ހަސަން އަފީފް، މެންބަރު ހުސެއިން ފިރުޝާން އަދި މެންބަރު ހަސަން ޝިޔާންއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *