މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭ މަސައްކަތަށް މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން މުވައްޒަފުން ހޯދާ މަގާމުތަކަކީ:

  • ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރު
  • މީޑިއާ އޮފިސަރ
  • ސީނިއަރ އޮފިސަރ
  • ގްރެފިކްސް ޑިޒައިނަރ
  • ފޮޓޯގްރާފަރ
  • އޮފިސަރ
  • ޓެކް އޮފިސަރު
  • މަސައްކަތު
  • ސެކިއުރިޓީ އޮފިސަރު
  • ޑްރައިވަރު
  • ސަޕޯޓް އޮފިސަރ
  • ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ ވަގުތުން ކަމަށާއި އިންޓަވިއު ކުރުން ކުރިޔަށްދާނީ މިމަހުގެ 21 އަދި 22 ގައި ދަރުބާރުގޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިންޓަވިއު ކުރުން ކުރިޔށްދާނީ ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ގެންދަން ޖެހޭ ތަކެއްޗަކީ އައިޑީ ކާޑާއި ތައުލީމާއި ތަޖުރިބާއާއި ގުޅޭ ލިޔުންތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *