‎ގދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ސެނޮކް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 13 އަށެވެ.

‎މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 13 އޮކްޓޫބަރު 2019 ގައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ 16,849,542.38 (ސޯޅަ މިލިއަން އައްސަތޭކަ، ސާޅީސް ނުވަހާސް ފަސް ސަތޭކަ ސާޅީސް ދެ ރުފިޔާ ތިރީސް އަށްލާރި) އެވެ.

‎މަޝްރޫޢު އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރުގެ މުއްދަތެއް ކަމުގައިވީނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއި އަދި ތައްޔާރުކުރި ޑިޒައިންއަށް ގެންނަންޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

މި ކުރިމަތިވި ހުރަސްތަކާއެކުވެސް، މަސައްކަތް މަޑުނުޖެހި ސަރުކާރުންވަނީ އަމަލީ މަސައްކަތް މިހާރު ނިންމާލާފައި"

‎މި މަޝްރޫޢުގެ ސަބަބުން ގދ. ތިނަދޫގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ދިމާވި، ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *