ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ޑްރޯންއެއް ބޭނުންކޮށްގެން މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރޯނެއް ބޭނުންކޮށްގެން އިއްޔެ ހެނދުނު ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއި ސިމް ކާޑްތަކެއް އަތުލައިގެންފައިވާ ކަމަށެވެ.

މިތަކެތި އަތުލައިގެންފައިވަނީ ޖަލުގެ އޮފިސަރުން ކުރި މަސައްކަތުން ޑްރޯން ވައްޓާލައިގެންނެވެ.

ޑްރޯނެއް ބޭނުންކޮށްގެން ޖަލަށް އެތެރެ ކުރަނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 29 ގްރާމް ހުރި ކަމަށް ސީޕީ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުވެސް ފުލުހުންނާއި ކަރެކްޝަންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެއްޗާއެކު ކަރެކްޝަނަސްގެ އޮފިސަރަކު ވަނީ ހައްޔަރު ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *