މިއަހަރުގެ މާރިޗު މަހާ އަޅާ ބަލާއިރު އެޕްރީލް މަހު ޑެންގީހުން ޖެހިގެން ރިޕޯޓް ކުރެވުނު ޢަދަދު އިތުރު ވެފައިވާކަން އެޗްޕީއޭ އިން ބުނެފިއެވެ.

މާރިޗު މަހު ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ 169 ކޭސް އެވެ. އޭޕްރީލް މަހު ޑެންގީގެ 320 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެހެންކަމުން ޑެންގީހުން ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯރޓް ކުރެވުނު ޢަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެގޮތުން މާރިޗް މަހު އަރިދަފުސް ރޯގާ ޖެހިގެން 37969 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އޭޕްރީލް މަހު އަރިދަފުސް ރޯގާގެ 29970 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އެޕްރީލްމަހު އަރިދަފުސް ރޯގާގެ ކޭސްތައް މަދުވި ނަމަވެސް އަރިދަފުސްރޯގާ އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިންމުކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި އަހަރުގެ މާރިޗު މަހާ އާއަޅާބަލާއިރު އެޕްރީލް މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެންޓެސްޓްކުރެވުނުޢަދަދު ވަނީ އިތުރު ވެފައެވެ.

މިއަހަރު މިހާތަނަށް ޓެސްޓް ކުރެވުނު 609 ސާމްޕަލްގެ ތެރެއިން 75 ސާމްޕަލްވަނީ އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައެވެ.

މި އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު ބޭރަށްހިންގުން ޖެހިގެން ރިޕޯރޓް ކުރެވުނު ޢަދަދު ވަނީ ދަށަށް ގޮސްފައެވެ.

އެހެންނަމަވެސް ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަކީ މުހިންމުކަމެއް ކަމަަށް އެޗްޕީއޭއިން ބުނެއެވެ.

މާރިޗް މަހު ބޭރަށް ހިންގުން ޖެހިގެން 4042 ކޭސް ރިޕޯޓްކޮށްފައިވާއިރު، އޭޕްރީލް މަހު ރިޕޯޓްކޮށްފައިވަނީ 3044 ކޭސް އެވެ.

އޭޕްރީލް މަހު ވައިރަލްހުން އިތުރުވެފައިވީ ނަމަވެސް ބޭރަށް ހިންގުން، ލޮލުރޯގާ، ފާނަބަސަންދު އަދި ހޭންޑް ފުޑް އެންޑް މައުތު ޑިޒީސް ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *