ޗާގޯސް ސަރަހައްދު

ރާއްޖޭގެ ދެކުނުން، ޗާގޯސް ސަރަހައްދުގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި، އެކަމުގެ ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

ޗާގޯސް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު "ފެބިއަން" ގެ މިސްރާބު މިހާރު ހުރީ ރާއްޖެއާ ދުރަށް ޗާގޯސް އާއި ދިމާލަށެވެ.

މި ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ އިރު އެންމެ ގިނައިން ވާރޭ ވެހޭނެ ކަމަށް ބެލެނީ އުތުރުގެ ސަރަހައްދުތަކަށެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން އެންމެ އުތުރުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ. އެ ސަރަހައްދު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ވައިގެ މިސްރާބު ހުރި ގޮތުންނެވެ.

މިދިޔަ ހަފްތާގައި ބޭ އޮފް ބެންގާލްގެ ކަނޑުގެ ސަރަހައްދުގައި އުފެދުނު ތޫފާން "މޮކާ"ގެ ނުސީދާ އަސަރުވެސް ރާއްޖެއަށް ކުރިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *