އެމްއާރްގެ ބައްދަލުވުމެއް

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ، އިންތިޚާބު 24 މެއި 2023 ވާ ބުދަ ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

އެމްއާރްއެމްގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް 14 މެއި 2023 ގެ 14:00 އިން 18 މެއި 2023 ގެ 16:00 އާއި ހަމަޔަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

އެމްއާރްއެމްގެ ހުސްވެފައިވާ މަޤާމުތަކާއި ޝަރުތުތައް:

  • އެމްއާރްއެމްގެ ނައިބު ރައީސް
    ޝަރުތު:އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 6 މަސްދުވަސް ވެފައިވުން
  • ޒުވާނުންގެ ކައުންސިލުގެ ރައީސް
    ޝަރުތު: އެމްއާރްއެމްގެ ޒުވާނުންގެ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 3 މަސްދުވަސް
    ވެފައިވުން.
  • އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަންހެން
  • އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ފިރިހެން
  • 5 ޒުވާނުންގެ ކައުންސިލްގެ މެންބަރު - ފިރިހެން (10 މަޤާމު)
    10 މަޤާމުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 1 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެ
    ކައުންސިލްގެ ފިރިހެން މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެ.
  • ޒުވާނުންގެ ކައުންސިލްގެ މެންބަރު – އަންހެން (8 މަޤާމު)
    8 މަޤާމު ގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ 2 މެންބަރު އެކްސްކޯ އިން ހުސްވެފައިވާ ޒުވާނުންގެ
    ކައުންސިލް (އަންހެން) މެންބަރު ކަމުގެ މަޤާމަށް އިންތިޚާބު ވާނެ
  • އަންހެނުންގެ ކައުންސިލްގެ މެންބަރު (13 މަޤާމު)

ޒުވާނުންގެ ކައުންސިލްގެ މަންބަރުކަމަށް ކުރިމަތި ލެވޭނީ އުމުރުން 31 އަހަރު ނުފުރޭ މެންބަރުންނަށް ކަމަށް އެމްއާރްއެމްއިން ބުނެއެވެ.

މިމަޤާމުތަކަށް ކުރިމަތިލުމަށް އެދި ފުރިހަމަކުރާ އެޕްލިކޭޝަން ފޯމާއި އިންތިޚާބުގެ ޓައިމްލައިން އެ ޕާޓީގެ ވެބްސައިޓް mv.mrm.www އަދި ޕާޓީގެ އޮފީހުން ލިބެން ހުންނާނެ ކަމަށް އެމްއާރްއެމްއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *