އާރްޓިއެލް ބަހެއް ހުޅުމާލެ ފޭސް 2 ގައި - ފޮޓޯ: ޕީއެސްއެމް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް އެއިރޯ ރެސިޑެންސް (އެމްއޭސީއެލް ހިޔާ ޓަވަރު) ސަރަހައްދުގައި ބަސް ހުއްޓިއެއް ގާއިމުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R6, R7, R8 wadi R9 ރޫޓުގެ ބަސްތައް މެދުވެރިކޮށް 15 މެއި (މާދަމާއިން) ފެށިގެން މި ބަސް ހުއްޓިއަށް ހިދުމަތް ދޭނެ ކަމަށެވެ.

މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ އާރްޓީއެލް ބަހުގެ ހިދުމަތް އިތުރަށް ފުޅާކޮށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، ގާއިމުކުރެވުނު ބަސް ހުއްޓިއެއް ކަމަށް އެމްޓިސީސީ އިން ބުނެއެވެ.
މި ކަމާއި ގުޅޭ އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން ނަމްބަރު 1650 ން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *