13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލުމުގެ މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ ޒިހާން

2021 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ހުޅުމާލޭގައި މަރާލުމަށްފަހު ފޮއްޓަކަށްލާ އެއްލާލާފައި އޮތްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ނ. ލަންދޫ، ބަގީޗާގެ، އިބްރާހިމް ޒިހާން އާއި ދެކޮޅަށް ދައުލަތުން 79 ހެއްކެއް ހުށަހަޅައިފިއެވެ.

އެ މައްސަލައިގައި ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވެއެވެ. އެ ދައުވާތަކާއި ގުޅޭ ގޮތުން މިހާރު ވަނީ ޒިހާންއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގަން ފަށާފައެވެ. ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ޖަލުހުކުމެއް އަންނާނެއެވެ. ޒިހާންގެ އިތުރު އެ މަރުގެ މައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ ކުޑަ ކުއްޖެކެވެ. އެ ކުއްޖާގެ މައްޗަށް ކޮށްފައިވަނީ 3 ދައުވާއެކެވެ.

ޒިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހަތް ބާވަތަކީ، ގަސްދުގައި މީހަކު މެރުމުގެ ދައުވާ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ 5 ދައުވާ، ކުޑަކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާއި އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމު ކުރިކަމުގެ ދައުވާ، ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުން ކުރުމުގެ ދައުވާ އެވެ.

ޒިހާންގެ މައްޗަށް ދައުވާ ކުރާ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުން ދަމަހައްޓަންވެސް މިއަދު ކޯޓުން ވަނީ ނިންމާފައެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *