ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް ޔާމީން، ސަޕޯޓަރުންނާއި ބައްދަލުކުރައްވަނީ-- ފޮޓޯ: ޖަޒީރާ

ވ. އާރަށް ކުއްޔަށްދިނުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނެގުމުގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފިއެވެ.

ރައީސް ޔާމީން 53 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްފައި ނެތުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ 07 މޭ 2023 ވީ ބުދަ ދުވަހެވެ.

މީގެ ތެރޭގައި ހިމެނެނީ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ލޯންޑަރކުރިކަމަށް ސާބިތުވެފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބިފައިވާ މަންފާ އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އިސްވެ ދެންނެވުނު ފައިސާ ދައުލަތަށް ނަގައިދިނުމުގެ އަމުރަކަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.  ނަމަވެސް މައްސަލަ ސާބިތުވާކަމަށް ނިންމަވައި ޙުކުމްކުރެއްވިއިރު މި ފައިސާއާމެދު ކްރިމިނަލް ކޯޓުން ވަކި ގޮތެއް ނިންމަވާފައިނުވެއެވެ.

އެހެންކަމުން އެކަން ސިޓީއަކުން ކްރިމިނަލް ކޯޓުގެ ސަމާލުކަމަށް ގެނެސް، ދެން ކުރިއަށްދާންވީގޮތް ސާފުކޮށްދެއްވުމަށް އެދުމުން، "ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ގެ އަމުރެއް އެކޯޓުން ނެރެފައިވާ އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގެ އިސްތިއުނާފުކުރުމުން އެ އަމުރު ބާޠިލުކަމަށް ވަނީ ކަނޑައަޅާފައެވެ.

ޕީޖީން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނީ ހައިކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާއިން އިސްވެ ދެންނެވުނު ކޯޓު އަމުރު ބާޠިލުކުރުމާއި ގުޅިގެންނެވެ.

0
0
0
0
0