މާލެއިން  މީހަކު  ގެއްލިގެން  ހޯދަން  ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ، ފުވައްމުލައް ސިޓީ/ ދޫޑިގަން، ރަންދެލިގެ، ހަސަން ޖަމީލް (30އ) ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އެމީހާ ގެއްލިގެން އާއިލާއިން މިމަހުގެ 9  ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރެއްވީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *