ސޮނީ  ޓެލެވިޒަން  އިން  ގެނެސްދޭ  ޑްރާމާ  ސިލްސިލާ  "ބަޅޭ  އައްޗޭ  ލަގްތޭހޭ"  ގެ  ދެވަނަ  ބައިވެސް  ވަރަށް  އަވަހަށް  ނިމެން  އުޅޭ  ކަމަށް  ބުނެފިއެވެ.

ބޮލީވުޑް  ހަންގަމާގައި  ރިޕޯޓްކޮށްފައިވާ  ގޮތުގައި،  އެ  ޑްރަމާގެ  އެންމެ  ފަހުން  އެޕިސޯޑް  މިހިނގާ  މެއި  މަހުގެ  24  ގައި  ދައްކާނެއެވެ.  ރިޕޯޓްތައް  ބުނާ  ގޮތުގައި  އެ  ޑްރާމާގެ  ހުރިހާ  ޝޫޓިންތަކެއް  މިހާރު  ވަނީ  ނިންމާލައިފައެވެ.

ބަޅޭ  އައްޗޭ  ލަގްތޭހޭ  އަކީ  މީގެކުރިން  ސޮނީ  ޓީވީ  އިން  ގެނެސްދިން  އެ  ޑްރަމާގެ  ދެވަނަ  ބައެވެ.  ޑްރާމާގެ  ވާހަކައަށް  މިފަހަރު  ވަނީ  ބަދަލުތަކެއް  ގެނެސްފައެވެ.

އެ  ޑްރާމާގެ  ލީޑްރޯލުން  އެންމެ  ފުރަތަމަ  ފެނިގެން  ދިޔައީ  ދިޝާ  ޕަރްމާރު  އަދި  ނަކުލް  މެހެތާއެވެ.  އެ  ދެތަރިން  ޑްރާމާ  ދޫކޮށްލުމުން  ދެން  ލީޑުން  ފެނިގެން  ދިޔައީ  ނީތީ  ޓޭލަރ  އަދި  ރަންދީޕް  ރާއީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *