ހިޔާ ފްލެޓްގެ ޓަވަރުތައް

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ހަތް އަހަރުގެ މުއްދަތަށް 5،300 ރުފިޔާއަށް ކުޑަކޮށް، އެކަން ސަރުކާރުން އިއުލާނު ކޮށްފިއެވެ.

މިކަން އިއުލާންކުރީ ރައީސް އޮފީހުގައ ކުރިއަށްދާ ނޫސްވެރިންގެ ބައްދަވުމުގައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓުގެ ކުލި ކުޑަކުރުމުގެ އިތުރަށް ކުލި ދައްކާ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމީ އެތަނުގައި ދިރިއުޅޭ މީހުން ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ފްލެޓުތަކުގެ ފިނިޝިން ނުނިންމާ ހުރުމުގެ ސަބަބުން ފްލެޓު ލިބުނު މީހުން ބޮޑެތި ހޭދަތަކެއް ކުރަން ޖެހުނު ކަމަށެވެ.

މި ހުރިހާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޔާ ފްލެޓުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، ވަކި ފަރާތެއް ތަފާތުކުރުމެއް ނުކޮށް ހުރިހާ އާއިލާތަކަށް ކުލި ދެއްކުމުގައި ލުއި ގޮތެއް ހޯއްދަވާ ދެއްވުމަށް ނިންމަވާފަ،"

ދެން ހިޔާ ފްލެޓްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މެއިންޓެނަންސް ފީއާއެކު ޖުމްލަ 6300 ރުފިޔާ އެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މި ގެނައި ބަދަލާ އެކީ، އެތަންތަނަށް ދައްކަން ޖެހޭ އަގު ދައްކައި ނިންމަން ކުރިން ދީފައި އޮތް 25 އަހަރުގެ މުއްދަތު މިހާރު ވަނީ 32 އަހަރަށް ދަންމައިފަ އެވެ. އެއީ އިތުރުކުރި 7 އަހަރާ އެކީގަ އެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ވިދާޅުވީ، މި ބަދަލު ގެނައީ ޖުމުލަ ދައްކަން ޖެހޭ އަދަދު ކުޑަކޮށްގެނެއް ނޫން ކަމަށާ ކުރިން 25 އަހަރަށް ބަހާލައިގެން ދެއްކި ކުލި، 27 އަހަރަށް ބަދަލު ކުރީއެވެ.

އާތިފް ވިދާޅުވީ ކުއްޔަށް ލުއި ދޭން ނިންމީ އެވްރެޖުކޮށް ހިޔާގެ ފިނިޝިން މަސައްކަތަށް 130،000ރ. ހަރަދުވާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ. ހިޔާ ފްލެޓުތަކުގެ ކުއްޔަށް ގެނައި ބަދަލާ އެކު، އެ މަޝްރޫއަށް ނެގި ލޯނު ދެއްކުމުގެ ކަންކަން ހަމަޖައްސާނީ ކުންފުންޏަށް ލިބޭ ފައިސާ އިން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *