މާފުށީގައި އެއްކޮށްފައިވާ ކުނިތައް

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ސަރުކާރުން ހިންގާ ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރީފްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓުގެ ދަށުން 12 ރަށެއްގައި ކުނި މެނޭ ކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކ. މާފުށި، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ހުރާ، ކ. ކާށިދޫ، އއ. ތޮއްޑޫ، އއ. ހިމަންދޫ، އދ. މަހިބަދޫ، ވ. ކެޔޮދޫ އަދި ވ. ތިނަދޫގައި ކުނި މެނޭޖް ކުރާ ސެންޓަރުތައް އަޅައިދޭނެ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

މީގެ ތެރެއިން ތުލުސްދޫ، ހިންމަފުށި އަދި ހުރާ ފިޔަވާ އެހެން ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ގާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުވެސް ފިނޭންސް މިނިސްޓްރީން އިއުލާނުކުރިއެވެ. އެހެންނަމަވެސް ފިނޭންސް މިނިސްތްރީ އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ކުރިން ހުށަހެޅި ބީލަންތައް ބާތިލުކޮށްފައިވާ ކަމަށާއި، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

ބީލަމުގައި ބައިވެރިވުމަސް ރަޖިސްޓްރީ ކުރުމަށްޓަކައި 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފިއެއް ދައްކަން ޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަތުން ކުރިޔަސްދާނީ މިއަދުން ފެށިގެން 5 ޖޫންގެ ނިޔަލަށް ބަނދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޯތަލް މެދުވެރިކޮށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ 8 ޖޫން ވާ ބުރާސްފަތި ދުވަހު 11:00 ގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *