ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އައްޔަން ކުރެއްވި ފަނޑިޔާރު އާދަމް މުހައްމަދަށް، ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ލިޔުން ހަވާލު ކުރައްވަނީ --- ފޮޓޯ: ޖޭއެސްސީ

ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އައްޔަންކޮށްފި އެވެ.

އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަހްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމާ ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވުމުން އެ މަގާމަށް ކުރިމަތިލީ ޅ. ހިންނަވަރު، މާތިލަ އާދަމް މުހައްމަދު ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިންމީ، އިންޓަވިއު ކުރުމަށް ފަހު ފަނޑިޔާރުން އައްޔަން ކުރުމަށް، ޖޭއެސްސީގައި އޮންނަ ކޮމެޓީން ލަފާދިނުމުން ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރެއްވި އަހްމަދު ނިމާލް ޖުނައިދު އަށް މަގާމުގެ ލިޔުން ހަވާލުކުރައްވަނީ -- ފޮޓޯ: ޖޭއެސްސީ

މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް ގއ. މާމެންދޫ، ފެހިގެ، އަހްމަދު ނިމާލް ޖުނައިދު ވަނީ އައްޔަންކުރައްވާފައެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ސިިވިލް ކޯޓުގެ އިސް ގާޒީގެ ގޮތުގައި އެންމެ ފަހުން ހުންނެވި އަބްދުﷲ އަީ ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

މި ދެ ބޭފުޅުން އިސް ގާޒީ ކަމަށް އައްޔަންކުރައްވާ މި ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން މިއަދު ހަވާލުކުރެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ހިސާން ހުސައިން އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *