ކުރީގެ ރައީސް އަބްދުﷲ ޔާމީން

ފުއްގިރި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅި ހެކިތަކެއް ބަލައިނުގަތުމަށް ނިންމުމާއި ހެކިތަކެއް ރައްކާތެރި ކުރުމަށް އެކޯޓުން ނިންމި ނިންމުމާ ބެހޭގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފަ އެވެ.

ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލަ ކުރިއަށް ނުގެންދަން ވަގުތީ އަމުރެއް ނެރެފަ އެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މިއީ މި މަައްސަލައިގެ ފަހު އަޑުއެހުން ކަމަށާއި ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެކުރިން މައްސަލައިގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *