މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޑެޓް (މިފްކޯ) ގެ ފާއިތުވި އަހަރުގެ އާމްދަނީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުނި، މިފްކޯގެ އާމްދަނީ އިތުރުވެފައިވަނީ 2022 ވަނަ އަހަރުގެ މަސްވެރިކަމުގެ ސިނާއަތް ރަނގަޅުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު ލިބުިނު އާމްދަނީއަކީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 28 އިންސައްތަ އިތުރު އަދަދެކެވެ.

މީގެ ކުރިން ގެއްލުމުގައި ހިންގަމުން އައި މިފްކޯ އަށް 2022 ވަނަ އަހަރު މައިގަނޑު ގޮތެއްގައި އާމްދަނީ އިތުރުވެފައިވަނީ އެ ކުންފުނިން ގަނެފައިވާ މަހުގެ އަދަދު އިތުރުވުމުގެ ސަބަބުންނެވެ. މިފްކޯގެ 16 އަހަރުގެ ދިގު ތާރީހުގައިވެސް މިދިޔަ އަހަރަކީ އެންމެ ގިނަ އަދަދަކަށް އެ ކުންފުންޏަށް މަސްގަނެ އެންމެ ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކުރި އަހަރެވެ. އެގޮތުން ޖުމްލަ 63،659 މެޓްރިކް ޓަނުގެ މަސް ގަނެ މިފްކޯއަށް ކިރާފައިވެއެވެ.

މިދިޔަ އަހަރަކީ މިފްކޯއަކީ ގެއްލުމުގައި ހިންގާ ކުންފުންޏަކުން ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. އެގޮތުން މަސްރައްކާކުރާ ކެޕޭސިޓީ އިތުރު ކުރުމަށް މިދިޔަ އަހަރު ވަނީ2480 މެޓްރިކް ޓަނުގެ ކެޕޭސިޓީ ހުންނަ "ޖަޒީރާ ރީފަރ" ކިޔާ އާ ބޯޓެއްވެސް ގަނެފައެވެ. ޖަޒީރާ ރީފާ އަކީ މަސް ފިނިކުރެވޭ އަދި މަސް އެކްސްޕޯޓް ކުރުމަށް ބޭނުން ކުރެވޭހެން ފަރުމާކޮށްފައިވާ އުޅަނދެކެވެ.

މަސް ކިރާ ބޯޓު ފަހަރު ހޯދުމުގެ އިތުރުން މިފްކޯގެ ބަނދަރުތައް ތަރައްޤީ ކުރުމާއި ފެކްޓްރީތައް ތަރައްޤީ ކުރުމަށްވެސް ބޮޑު ހޭދައެއް ކުރި އެވެ.

މިދިޔަ އަހަރު އެކުންފުނިން ވަނީ މަސްވެރިންނަށް ހާއްސަ "ހޯސާ" މޯބައިލް އެޕްލިކޭޝަން ލޯންޗްކޮށްފައެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް މަސްވެރިން މަސް ބާނާ ސަރަހައްދުތަކާއި، މަސް ކިރުވާ އަދަދުތައްވެސް ފެންނާނެއެވެ. އަދި މަސް ކިރާ ދޯނި ފަހަރަށް ކިއު ނަމްބަރުވެސް މި އެޕްލިކޭޝަނުން ދޫކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *