ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސުލލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ ދެއްވާ  ހާއްސަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން  އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން  ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ  ހަރަދު، ސްކޮލަރޝިޕާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

މީގެއިތުރުން،  އެ ސްކޮލަރޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިހާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A*  ހާސިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

ޝަރުތު ފުރިހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިއު  ޕޯޓަލް މެތުވެރިކޮށް އިއުލާންގައި ބަޔާންކޮފައިވާ ލިޔެކިޔުންތަކާއި އެކު އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 18 މަސްދުވަސްތެރޭގައި އެޕްލައިކޮށް ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ޖެހޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *