ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެސްޓީއޯއިން ކުޑަކުދިންނަށް ޚާއްސަ ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.

ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ ކޮންމެ އުމުރު ފުރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށްވަނީ ނިންމާފައެވެ.

މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާ ތަކަކީ، 6 އަހަރުން ދަށް، 7 އަހަރާއި 11 އަހަރާ ދެމެދު އަދި 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. ކުރެހުން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 މެއި 2023 ވާ ބުދަ ދުވަހެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުންތައް ފޮނުވާނީ [email protected] އަށެވެ. މުބާރާތާ ގުޅޭ އުސޫލު އެސްޓީއޯ ޑޮޓް އެމްވީގައި ވަނީ ޝާއިއުކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *