އިންޑިއާއިން އުފައްދާ ކޯފް ސިރަޕެއް ކަމަށްވާ ގުއައިފެނެސިން ސިރަޕް ޓީޖީ (GUAIFENESIN SYRUP TG) ތަޣައްޔަރުވެފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެމްއެފްޑީއޭއިން ބުނީ، ކުޑަކުދިންނަށް ދޭ ސިރަޕެއްގައި، ސިއްހީ ނުރައްކަލަކަށް ހުށަހެޅިދާނެ މާއްދާއެއް ކަމަށްވާ، "ޑައިއެތިލީން ގްލައިކޯލް އަދި އެތިލީން ގްލައިކޯލް" ހިމެނިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެ އޮތޯރިޓީއަށް އެލާޓް ކޮށްފައިވާކަމަށެވެ.

އަދި ޑަބްލިއުއެޗްއޯއިން ކުރި އިތުރު އެލާޓެއްގައި އިންޑިއާގެ ކިޔުޕީ ފާމަކެމް ލިމިޓެޑުން އުފައްދާ ގުއައިފެނެސިން ސިރަޕުގައި ވެސް އެ މާއްދާ ހުރިކަން ފާހަގަކޮށްފައިވާ ކަމަށް އެމްއެފްޑިއޭއިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހަކަށް ނުވިޔަސް  ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓްވުމުގެ ފުރުސަތު އޮތްކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއެއް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭހަށް ޚާއްސަ ސަމާލު ކަމެއްދީގެން ޕޯޓުތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *