މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ފޯމު ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު  14 ދުވަހަށް އިތުރުކުރުމަށް ރިޔާސީ އިންތިހާބާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅި ގޮތަށް،  މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ މި ބިލު އޮތް ގޮތަށް ކޮމިޓީން ފާސްކޮށްފައިވާއިރު އެ ބިލުގައި ބުނަނީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓޫން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމަށް އޮންނަ 10 ދުވަހުގެ މުއްދަތު 14 ދުވަހަކަށް ބަދަލުކުރުމަށެވެ.

ރިޔާސީ އިންތިހާބާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާހު: ރިޔާސީ އިންތިހާބުގެ ޤާނޫނުގެ ފަސްވަނަ މާއްދާގެ (ރ) އަށެވެ. އެ މާއްދާގައި ބުނަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް މަދުވެގެން 10 ދުވަހުގެ މުއްދަތެއް ދޭން ވާނެ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *