ސިނަމާލެ ބްރިޖް ސަރަހައްދު -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ސިނަމާލެ ބްރިޖް މަތިން މިއަދު ހެނދުނު ކަނޑަށް ފުންމާލި 41 އަހަރުގެ ދިވެހި ފިރިހެނަކު ސަލާމަތްކޮށްފިއެވެ.

އޭނާ ސަލާމަތް ކުރީ އެސަރަހައްދުން ދަތުރުކުރަމުން ދިޔަ ލޯންޗަކުން ކަމަށް މައުލޫމާތު ލިބެއެވެ. މިކަން ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:44 ހާއިރު ކަމަށް މައުލޫމާތުލިބެއެވެ.

ބްރިޖްމަތިން ފުންމާލި މީހާ އައިޖީއެމްއެޗަށް ގެންގޮސް އިމަޖެންސީގައި ފަރުވާދީފައިވެއެވެ. ފުލުހުން އަންނަނީ މިކަން ދިމާވި ގޮތް ބަލަމުންނެވެ. އެމީހާ ފުންމާލީ ކީއްވެގެން ކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *