ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކްސްއަށް ކެނޑުމަށްފަހު 368 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން އާންމުކުރި އެ ކުންފުނީގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު މިދިޔަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 37 ޕަސަންޓު އިތުރުވުމެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ އިން މާޗްގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 10 ޕަސަންޓު އިތުރުވެފަ އެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ އެ ކުންފުނިން ކުރާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވާއިރު ފުރަތަމަ ކުއާޓަރުގައި ކުންފުންޏަށް ފައިދާގެ ގޮތުގައި 809 މިލިއަން ރުފިޔާ ލިބުނެވެ. ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 503 މިލިއަން ރުފިޔާ ލިބުނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *