ދިވެހި ފުލުހުންނާއި ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނަވާ އެބޭފުޅުންނަށް ދެއްވާ ފްލެޓްތަކުގެ އަގު ކުޑަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ، ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސައިދިނުންކަމަށެވެ. އެ ގޮތުން، ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް، މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލެއް ގެންނަވާފައިވާކަމަށާ އަދި މަތީ ތަޢުލީމު ދޭ ސަރުކާރުގެ މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ވެސް، މިދިޔަ މާޗް މަހުން ފެށިގެން ހެޔޮ ބަދަލެއް ގެނެވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

އެކަމާ ބެހޭ ދިރާސާތައް، ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ ކުރަމުން. މި ދެންނެވި ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެން ދާއިރު، ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

ރައީސް ވިދާޅުވީ ޢާންމު ރައްޔިތުންގެ ދެން އޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާ ފުލުހުންނާއި ސިފައިންނަށްވެސް އެ ދަތިކަން އެބައޮތް ކަމަށެވެ. ޚާއްޞަކޮށް، ރަށުން ބޭރުގައި އަދި ޢާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެ ދަތިކަމުގެ އިޙްސާސް ވަކިން ބޮޑަށް ކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިންގ ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ޙަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެ ފްލެޓްތައް ހަވާލުކުރެވޭއިރު، ރަނގަޅު ހެޔޮ ބަދަލެއް އަގަށް އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *