ޚަބަރުރިޕޯޓް

ރައީސް ވިދާޅުވި ގޮތަށް ހައްލު ހޯދަން، ހިޔާގެ ކުލި ކުޑަކުރުމުގެ މަޝްވަރާ

ހިޔާ ފްލެޓް -- ފޮޓޯ: ޖަޒީރާ

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އެ ކުންފުނިން  ބުނީ، ހިޔާފުލެޓުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް، ރައީސް އޮފީހާއި ހައުސިންގ މިނިސްޓްރީ އަދި އަރބަންކޯ ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

އެ މަޝްވަރާތަކަށް ފަހު ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރެވޭނެ ކަމަށާއި ކުލި ކުޑަކުރެވޭނެ ފޯމިއުލާއެއް މިހާރު ހޯދިއްޖެ ކަމަށެވެ.

އަޅުގަނޑުމެންނަށް މަޝްވަރާކޮށްފަ ހޯދުނު ފޯމިއުލާއެއް އެއީ. އެހެންވީމާ އަޅުގަނޑު ދަންނަވާނީ ހަމަ ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ. އޭގެ ސަބަބުން ކުލި ދައްކާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިތަކެއް ލިބިގެންދާނެ"

މީގެ ކުރިން މިދިޔަ މަހުވެސް ހިޔާ ޖަމްއިއްޔާއިން ވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށާއި، ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލުކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ ހިޔާ ޖަމްއިއްޔާގެ ހުރި ކަނބޮޑުވުންތަކަށް ހައްލު ހޯއްދަވާދެއްވާނެ ކަމުގެ ޔަޤީންކަން އެ ޖަމްއިއްޔާއަށް ދީފައެވެ.

ކަންބޮޑުވުންތައް ރައީސް އައްސަވައިފި، ވިދާޅުވީ ކުލި ކުޑަކޮށްދެއްވާނެ ކަމަށް

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ފަރާތްތަކުން އެކި ފަހަރުމަތިން ކުލި ކުޑަކޮށްދޭން އެދިފައިވެއެވެ. އަދި ސަރުކާރުން ވަނީ އެ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީ ކޮވިޑްގެ ތެރޭގައި ކުލިދެއްކުން ފަސްކޮށްދީ، ކުލި ކުޑަކޮށްދިނުން ފަދަ ލުއިތައް އެތައް ފަހަރަކު ދީފައެވެ.

ހިޔާ ފްލެޓަކީ އެތަނުގެ ވެރިފަރާތުން ބޮޑު ހަރަދެއް ކޮށްގެން ވަދެވޭގޮތަށް ކުރީގެ ސަރުކާރުން އިމާރާތްކުރި ޓަވަރުތަކެވެ. އެ ފްލެޓްތަކުގައި ދޮރާއި، ބޮކި، ފަންކާއާއި ތަށިމުޅި ފަދަ ތަކެތި ޖެހުން ވެރިފަރާތަށް ހަވާލުކޮށް ރަނގަޅަށް ފްލެޓްތައް ނުނިންމާ އަވަސް އަރުވާލައިގެން ފްލެޓްތައް ދޫކުރުމަށް ކުރީ ސަރުކާރުން ރިޔާސީ އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެ ސަރުކާރުން ފްލެޓްތައް ނުނިންމުމުގެ ބުރަ އުފުލަން ޖެހުނީ މި ސަރުކާރަށެވެ. އަދިވެސް ހިޔާގައި އެތައް މައްސަލަތަކެއް ހުރި އިރު އާބަންކޯ އިން ގެންދަނީ އެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %