ރައީސް ސޯލިހާއި މިނިސްޓަރ ޝާހިދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު މައްސަލައިގައި ރާއްޖެއަށް ކާމިޔާބުވީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ވަނީ ނިންމާފައެވެ.

މި ނިންމުމާ ގުޅިގެން ޝާހިދު ވިދާޅުވީ ރާއްޖެއިން މިއަދު ކާމިޔާބުކަމާއެކު ރާއްޖޭގެ ދެކުނުން ކަނޑުގެ އިން ކަނޑައަޅާފައިވާ ކަމަށާއި މިކަން ކޮށްފައިމިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަސާސްތަކަށް ފުރިހަމައަށް ޢަމަލުކޮށްގެން ކަމަށެވެ.

ބައިނަލްއަޤުވާމީ ނިޒާމަށް އޮތް ފުރިހަމަ އިތުބާރުގެ ސަބަބުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ފުރިހަމަ އިންތައް ކަށަވަރުކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް 47،232 އަކަ ކިލޯމީޓަރު ލިބޭއިރު މޮރިޝަސްއަށް ލިބެނީ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ.

އިޓްލޮސްގެ ނިންމުމާއެކު، ދެ ގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަ ކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *