ކެޔޮދޫ މިސްކިތަށް ގެއްލުންދީފައި - ފޮޓޯ: ޕީއެސްއެމް

ވ. ކެޔޮދޫ މިސްކިތަށް ތަކުރާރުކޮށް ގެއްލުން ދިން މައްސަލައެއްގައި ހައްޔަރު ކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެ ރަށު ކޯޓުން ހުކުމް ކޮށްފިއެެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި, އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކެޔޮދޫ ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ވަނީ އދ. މަހިބަދޫ ފުލުހުންގެ މަރުކަޒަށް ގެންގޮސް އެތަނުގައި ބަންދުކޮށްފައެވެ.

މިސްކިތަށް ގެއްލުންދިން މައްސަލާގައި އެމީހާ ހައްޔަރުކޮށްފައި މިވަނީ، އެރަށު މިސްކިތުގައި ހުރި މުސްހަފްތަކެއް ވިދާ މައްސަލައެއް ވެސް ފެންމަތިވެފައިވަނިކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *