ހައްޖާޖީން ހައްޖުގެ އަޅުކަމުގައި -- ފޮޓޯ: އަލްހަރަމައިން

އަލްމަޝްއަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ އެންމެނަށްވެސް ރާއްޖެ އައުމުގެ އިންތިޒާމު އެ ގްރޫޕުން މިހާރު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.

މަޝްއަރު ގްރޫޕުން ޢުމްރާއަށް ދިޔަ މީހުންގެ ތެރެއިން ބައެއް މީހުންނަށް އަނބުރާ ރާއްޖެ އައުމުގެ އިންތިޒާމް ހަމަޖައްސައިފައި ނުވުމުގެ މައްސަލައެއް އިސްލާމިިކް މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީޢުމްރާވެރިންގެ ފްލައިޓް ޓިކެޓާއި، ރާއްޖެ އައުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، އެކަމުގެ ތަފްސީލު، އެ ގްރޫޕުން މިހާރު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

އަލް މަޝްއަރު ގްރޫޕްގެ ޢުމްރާވެރިން މިއަދާއި މާދަމާ އަދި ހުކުރު ދުވަހާ ހޮނިހިރު ދުވަހުގެ ފްލައިޓްތަކުން ރާއްޖެ އަންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލް މަޝްއަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ޙަވާލުގައި މިއަހަރުގެ ރަމަޟާންމަހު 207 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އަދި އެމީހުން ޢުމްރާއަށް ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހެއެވެ. ނަމަވެސް އަލް މަޝްއަރު ގްރޫޕުން އެ ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވަނީ ބައުންސް ވެފައެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *