އެމްޕީއެލް، މާލޭ ވިޔަފާރި ބަނދަރު - ފޮޓޯ: ޖަޒީރާ

ފާއިތުވި މާރޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 10 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ކަސްޓަމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރުގެ މާރޗް މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި މާރޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ މާރޗް މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ.

2022 ވަނަ އަހަރުގެ މާރޗްމަހު 320 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ މާރޗް މަހު މި ޢަދަދުވަނީ 330 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ވޭތުވެދިޔަ މާރޗް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްޞީލަށް ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3 އިންސައްތަ އިތުރުވެފައެވެ. އަދި އެކްސްޕޯޓް ކުރެވުނު މުދާ (އެފްއޯބީ އަގު) ވަނީ 344 މިލިއަނަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ މާޗްމަހާ އަޅާ ބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ. އަދި އިންޕޯޓް ކުރެވުނު މުދާ (ސީއައިއެފް އަގު) 4.3 ބިލިއަނަށް އަރާފައިވާއިރު މިއީ މިދިޔަ އަހަރާއި ބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ. 

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ ، އިންޑިއާ، އޮމާން ، ސިންގަޕޯރ، އަދި ޗައިނާ އެވެ. ޔޫ.އޭ.އީ 753 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 696 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން އޮމާން އިން 467 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ސިންގަޕޯރ އިން 408 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 357 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މާރޗް މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ ޢާމްދަނީ އަކީ 13,939,236.90 ރުފިޔާ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *