މި ރޯދަމަހު އުމުރާގެ އަޅުކަމަށް ސައުދީއަރަބިއްޔާއަށް ދިޔަ ދިވެހިންތަކެއް - ފޮޓޯ: އަލްބުރޫޖް ހައްޖު އެންޑް އުމުރާ/އެފްބީ ޕޭޖް

އުމުރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދިވެހިން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ތެރޭގައި ރޯގާ ޖެހި ހުން އަންނަކަމުގައިވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ލިއުމެއްގައި ބުނެފައިވަނީ ދެ ހަފްތާ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން އަދި މޭގައި ރިއްސުން ފަދަ ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށެވެ.

ރޯދަމަހުގެ އުމުރާއަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހި އުމުރާވެރިންގެ ތެރެއިން،ބައެއް ގުރޫޕުތަކުން މިމަހުގެ 22 އިން ފެށިގެން ވަނީ ރާއްޖެ އަންނަން ފަށާފައެވެ. އެންމެ ފަހު ގުރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 05 މޭ 2023 ގައެވެ.

ކޮންމެ އަހަރެއްގައިވެސް އުމުރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ މެދުގައި އަރިދަފުސް ރޯގާފަދަ ބަލިތައް އާންމުކޮށް ފެނެއެވެ. އެޗްޕީއޭއިން ބުނީ މި ނޫންވެސް ބައްޔެއްގެ އަލާމާތެއް ހުރި ނަމަ އުމުރާއިން އަންނަ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *