ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކ. ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އަޑުގަދަ ކުރައްވާތީ ނަން އިއްވާ މަޖިލީހުން ތަޅުމުން ނެރެފިއެވެ.

މިއަދު ޖަލްސާ ފެށުނު އިރު ޖާބިރު ހުންނެވީ މަޖިލީހުގެ ރިޔާސީ މޭޒު ކުރިމަތީގައި ކޮޅަށެވެ. އަދި ޖަލްސާ ފެށުމާއިއެކު އަޑުގަދަ ކުރައްވަން ފެއްޓެވިއެވެ.

ޖާބިރު އެގޮތަށް ކަންތައް ކުރައްވާތީ މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވާ ތަޅުމުން ނިކުންނެވުަމށް އަމުރުކުރައްވާފައެވެ.

ޖާބިރު މިއަދުގެ ޖަލްސާގައި އަޑުގަދަ ކުރެއްވީ ކޮން ސަބަބަކާއި ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. ޖާބިރަކީ މަޖިލީހުގެ ގިނަ ޖަލްސާތައް ފެށޭއިރު ހާޒިރުވެ އިންނަވާ އެންމެ ފުރަތަމަ ބަހުސްގައި ބައިވެވަޑައިގަންނަވާ އެއް މެންބަރެވެ.

މިދައުރުގެ ޖަލްސާތަކުގައި ޖާބިރު އެ ދުވަހެއްގެ މައުލޫއާއި ނުގުޅޭ ވާހަކަތައް ދެއްކެވުމާއި، ޖޯކު ޖެއްސެވުން ފަދަ ކަންކަން ކުރައްވާތީ އާންމުންގެ ފަރާތުން އޭނާއަށް ބޮޑު ސަމާލުކަމެއްވެސް މީސްމީޑިއާގައި ލިބެއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *