ގދ، ހޯނޑެއްދޫ

ވާރޭ ނުވެހި ގިނަދުވަސްވެ ފެން ހުސްވެފައިވާ ގދ. ހޯނޑެއްދޫއަށް އިތުރަށް ބޭނުންވާ ފެން، މާދަމާ ފޯރުކޮށްދޭނެ ކަމަށް ފެނަކައިން ބުނެފިއެވެ.

ހޯނޑެއްދޫ ފެނަށް ޖެހިގެން އެހީއަށް އެދިފައިވާއިރު އެރަށު ކައުންސިލުގެ އެދުމަކަށް މިދިޔަ ބުރާސްފަތި ދުވަހު ފެނަކައިން ވަނީ 20 ޓަނުގެ ފެން ފޯރުކޮށްދީފައެވެ. އަދި އެ ދުވަހު ފޮރުކޮށްދިން ފެނުން ނުފުދޭތީ އިތުރަށް 30 ޓަނުގެ ފެން ފޯކޮށްދޭން ފެނަކައިން ނިންމާފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ހޫނު މޫސުމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން ފެން ހުސްވެ ފެނަށް ޖެހިގެން މާލެއިންނާއި އެހެނިހެން ރަށްރަށުން ފެން ފޯރުކޮށްދޭން ޖެހެއެވެ. މި މަހަކީ އެންމެ ހޫނުގަދަ މަސް ކަމަށްވާއިރު ފެން ބޭނުން ކުރާ މިންވަރުވެސް އިތުރުވާނެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *