ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑިވެލޮޕްމަންޓަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ހުޅުމާލެއިން ބިމެއް ހަވާލުކޮށްފިއެވެ. 

އާބަންކޯއިން ބުނީ އެގޮތުގެ މަތިން އެ ކުންފުނިން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑިވެލޮޕްމަންޓަށް ބިމެއް ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ދެވަނަ ފިޔަވަހިން ކަމަށެވެ. އެ ބިމަކީ 5.4 ހެކްޓަރުގެ ބިމެކެވެ.

ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ކުންފުނިން ކުރަމުން އަންނަ އެއްކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށް އާބަންކޯއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *