ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތައް ފާހަގަކޮށް ހޫނުން ރައްކާތެރިވުމަށް ހެތްލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ހޫނު ގަދަވުމުގެ ސަބަބުން ދިމާވެދާނެ ބައެއް ސިއްހީ މައްސަލަތަކުގެތެރޭގައި:

  1. ބޮލުގައި ރިއްސުމާއި ބޯ އެންބުރުން
  2. ވަރުދެރަވުން
  3. އަކުނިވަޔަށްދެމުން
  4. ލޮލަށް ގެއްލުން ލިބުން
  5. ހަންގަނޑު އެނދުމުގެ ހަންގަނޑު ރަތްވެ ފޮޅުނެގުން، ކުދި ރަތް ބިހިނެގުން
  6. ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ކުޑަކަމުދެވޭ މިންވަރު މަދުވުން އަދި ކުޑަކަމުދާއިރު ކުލަގަދަކޮށް ހުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށެވެ.

އެހެންކަމުން މިފަދަ ސިއްހީ މައްސަލަތަކުން ދުރުހެލިވުމަށް އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ކުޑަ ބޭނުން ކުރުމާއި ކުލަ މަޑު ހަށިގަނޑު ނިވާވާފަދަ ދޫ ހެލުން ލުމާއި، ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮއްޕެއް ބޭނުން ކުރުމާއި ގިނައިން އަވީގައި އުޅޭނަމަ، ސޕފ-15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުން ހިމެނޭ ކަމަށެވެ.

އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށް ކަރު ނުހިއްކިނަމަވެސް ގިނައިން ފެން ބުއިމާއި، ޔޫވީ ރޭޑިއޭޝަން ފިލްޓަރ ކޮށްދޭފަދަ އަވިއަނެއް ބޭނުންކުރުމާއި، ހަށިގަނޑުން ފެންބޭރުވިޔަ ނުދިނުމަށް ގިނައިން ހަކުރު ހުންނަ ބުއިންތައް ބޭނުން ނުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭގެ އިތުރުން ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީހުން) ވެސް ވަނީ ހޫނުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ފާހަގަކޮށް އާންމުންގެ ސަމާލުކަން މިކަން ގެނެސްފައެވެ. މި ހިންގާ އެޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިންވެސް އިލްތިމާސްކޮށްފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *