ހދ. މަކުނުދޫގައި ތަރައްޤީކުރަމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މަކުނުދޫގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރަމުންދާއިރު، އެ އެއަރޕޯޓުގެ ޑިޒައިން މަސައްކަތްތައް ނިންމާ މިހާރު ވަނީ ރަށު ކައުންސިލަށް ކުރެހުންތައް ފޮނުވާފައެވެ.

މަކުނުދޫ އެއަރޕޯޓަކީ ސަރުކާރުން މިހާރު ބީލަމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ އެއް އެއަރޕޯޓެވެ.

ސަރުކާރުގެ ވަޢުދަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެންމެ ދުރުވެގެން 20-30މިނެޓް ދަތުރެއްކޮށްފައި ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރައްޤީކުރުން ކަމުގައިވީ ނަމަވެސް ކައިރީގައި މީހުން ދިރިއުޅޭ ރަށްތައް ނެތުމުން، މި ޕްލޭނާ އެއްގޮތަށް މަސައްކަތް ނުގެންދެވޭނެ ހަމައެކަނި ސަރަޙައްދަކީ މަކުނުދޫ ހިމެނޭ ސަރަޙައްދެވެ. އެހެންކަމުން ސަރުކާރުން ވަނީ އެރަށުގައި ވަކިން އެއަރޕޯޓެއް ތަރައްޤީކުރާނެކަން އިއުލާން ކޮށްފައެވެ.

މަކުނުދޫ ކައުންސިލުން ބުނީީ އެއަރޕޯޓުގެ ކުރެހުންތައް މިނިސްޓްރީން ކައުންސިލަށް ފޮނުއްވާފައިވާ ކަމަށާއި އަދި ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިނިސްޓްރީން އަންގާފައިވާކަމަށެވެ.

މަކުނުދޫ ކައުންސިލުން ބުނީީ ކުރެހުންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު، ވަރަށް އަވަހަށް ފޮނުވާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *