މޯލްޑިވްސް އޯޕަން ބިލިއާޑްސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު - ފޮޓޯ: ޔޫތު މިނިސްޓްރީ

މިދިޔަ 4 އަހަރު ބައިނަލްއަގްވާމީ ގައުމުތަކުން ދިވެހި ރާއްޖެއަށް ކުރާ އިހްތިރާމް އިތުރުވެއްޖެ ކަމަށާއި، ޤައުމުތަކާއި އެކު ގުޅުން ބަދަހިވެއްޖެ ކަމަށް ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގްވާމީ ބިލިއާޑްޓްސް މުބާރާތް 'މޯލްޑިވްސް އޯފަން' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދު ވިދާޅުވި ރައީސް ސޯލިހުގެ ހަރުދަނާ ހާރިޖީ ސިޔާސަތު ދުނިޔެއިން ވަނީ ބަލައިގެންފައި ކަމަށާއި، ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖޭގެ ކުޅިވަރާއި، ވިޔަފާރިއާއި ތައުލީމާއި ސިއްހީ ދާއިރާއަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި މީގެ ކުރިން ނުބާއްވާ މިންވަރަށް ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވާ ބޭރު ގައުމުތަކުން ގިނަ އަދަދެއްގެ ދިވެހި ކުޅުންތެރިން ތަމްރީނުވުމުގެ ފުރުސަތު މިސަރުކާރުން ފަހިކޮށްދީފިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވާ ހުރިހާކަމެއްވެސް ކުރައްވަނީ އަދި ކަންކަން ރާވަމުންދަނީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރެވޭނެ މަގުން، ކަންކަން ފަހިކޮށްދެއްވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅަކީ ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ތަފާތުކުރުމެއް ނެތި ހުރިހާ ކުޅިވަރަކަށްވެސް ވަސީލަތްތައް ފުރިހަމަ ކޮށްދިނުން ކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ކަންކަން ކުރަނީ ހިސާބު ކިތާބު ޖަހައިގެން، ކުރަހާ އުންމީދުތައް ހާސިލްވާނެކަމުގެ އަމާޒެއް އޮވެ އެ ޔަގީންކަން އޮވެގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *