އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް އިސްލާހުގެނެސް އިޖްތިމާއީ ސިއްހީ އިންސުއަރެންސް ސްކީމުގައި ދަރިމައިނުވުމުގެ މައްސަލަތަކަށް ދޭ ފަރުވާތައް ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީން މި ގޮތަށް ނިންމާފައިވަނީ ދަރިމައިނުވުމުގެ މައްސަލަތަކަށް ދެވޭ ފަރުވާ އާސަންދައިގައި ހިމެނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރަކާއި ގުޅިގެންނެވެ.

އެ ގަރާރު ދިރާސާކުރުމަށްފަހު ގަރާރުަގައި ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރު ހޮސްޕިޓަލްތަކުން ދަރިމަނުމުގެ މައްސަލައަށް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސަން ޖެހޭކަމަށް ކަނޑައަޅާއި އެ ކަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް އިޖްތިމާއީ ކޮމިޓީން ވަނީ ނިންމާފައެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ދޭ ފަރުވާއަކީ ރާއްޖޭގައި ދިވެހިންނަށް ލިބުން ދަތި އެހާމެ އަގުބޮޑު ފަރުވާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *