މާފުށި - ފޮޓޯ: ޕްލެނެޓް އޮފް ހޮޓެލްސް

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ (ޔޫއެން ޑަބްލިއުޓީއޯ) އިން ހޮވާ، ބެސްޓް ޓޫރިޒަމް ވިލެޖަސް 2023، އެވޯޑަށް ވާދަކުރުމަށް ޝައުގުވެރިވާ ރަށްތަކުން ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ބެސްޓް ޓޫރިޒަމް ވިލެޖަށް ނަން ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 14 ވަނަ ދުވަހު ހުޅުވާލި ފުރުސަތު 20 އޭޕްރީލްއަށް ބަންދުވި ނަމަވެސް، މިހާރު ވަނީ އެ މުއްދަތު 25 އޭޕްރީލް އާއި ހަމައަށް އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓަރީން ބުނީ ޔޫއެންޑަބްލިއުޓީއޯއިން އެކިގައުމުތަކުގެ ފަތުރުވެރިކަން އަލުން ކުރިއަރުވައި ތަރައްގީކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ބެސްޓް ޓޫރިޒަމް ވިލެޖަސް ކުރިއަށްގެންދާ ކަމަށެވެ. އެއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބިފައިވާކަމަށާއި، ޝަރުތުތައް ހަމަވާ 8 ރަށަކަށް ފުރުސަތު ދޭނެކަމަށެވެ.

މިނިސްޓްރީން ބުނީ ޓޫރިޒަމް ވިލެޖަސްއަކީ ރަށްފުށުގެ ތަރައްގީއާއި އެރަށެއްގެ ދުޅަހެޔޮ ދިރުއުޅުމެއް މަގުފަހިކޮށް، ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމަށް އަދި ރަށްފުށުގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70އަށްވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްފައިވާކަށެވެ.

އެވޯޑަށް ކުރިމަތި ލެވޭނީ 15،000 އަށްވުރެ އާބާދީ ދަށް ރަށްރަށުންނެވެ. ނަން ހުށަހަޅާ ރަށްތަކުގެ ތެރެއިން ޓޫރިޒަމް ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރު ބެލުމަށްފަހު އެންމެ ރަނގަޅު އަށް ރަށެއް މިނިސްޓްރީގެ ފަރާތުން "ބެސްޓް ޓޫރިޒަމް ވިލެޖްސް 2023" ހުށަހަޅާނެއެވެ.

ޔޫއެންޑަބްލިއުޓީއޯގެ މެންބަރު ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި ބައިވެރިވެ ހޮވޭ އަވަށާއި ރަށްތައް ފަތުރުވެރިކަން ތަރައްގީކުރުމުގެ ލާމަސީލު ނަމޫނާއެއް ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެން ދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *