ޒަކާތް ބަލައިގަންނަނީ

1444 ވަނަ އަހަރު، ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިޔަން ރުފިޔާ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އިން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ދައްކާފައިވަނީ، އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަސް މީހުން ކަމަށެވެ.

ފަގީރުންގެ ލިސްޓްގައި ހިމެނިފައިވާ 8446 (އަށްހާސް ހަތަރުސަތޭކަ ސާޅީސް ހައެއް) މީހުންގެ ތެރެއިން، މާލެ ސިޓީން 1736 (އެއްހާސް ހަތްސަތޭކަ ތިރީސް ހައެއް) މީހުންނަށް، ބޮލަކަށް 3450 ( ތިންހާސް ހަތަރުސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ 20 އެޕްރީލް 2023ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު 20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ 12989.3 (ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިނެއް) ކިލޯއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *