ސްޓެލްކޯ- ފޮޓޯ:ވަން އޮންލައިން

އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތުސްޓެލްކޯއިން ހުޅުވާލައިފި އެވެ.

މިރޭ 11:59ގެ ނިޔަލަށް "ސްޓެލްކޯ އީދު މަލާފަތް ޕްރޮމޯޝަން" ކުރިއަށް ގެންދަނީ ހަމައެކަނި ފޭސްބުކް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ މީހަކަށް 5،000 ރުފިޔާ، ދެވަނައަށް ހޮވޭ މީހަކަށް 3،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ މީހަކަށް 2،000 ރުފިޔާ ލިބޭނެ އެވެ.

ފޭސްބުކަށް ފޮޓޯ އަޕްލޯޑް ކުރާއިރު #stelcoeidmalaafaiy ހޭޝްޓެގް ބޭނުންކުރުމަށާއި ފޮޓޯގެ ޕްރައިވެސީ ސެޓިން "ޕަބްލިކް"ގައި ބޭންދުމަށް ސްޓެލްކޯ އިން ވަނީ އެދިފަ އެވެ. މި ޕްރޮމޯޝަންގައި ފައިސާގެ އިނާމު ލިބޭނީ އެންމެ ގިނައިން ލައިކް އަދި ޝެއާ ލިބޭ ފޮޓޯ އަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *