މޯލްޑިވިއަން އިން މިއަހަރު ގެނައި އައު ބޯޓު އޭޓީއާރް42 - ފޮޓޯ: މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރު 5 ބޯޓު ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި ބާވެފައިވާ ބޯޓުތަކުގެ ބަދަލުގައި އާ ބޯޓުތައް ބޭނުން ކުރުމަށް މޯލްޑިވިއަން އިން ވަނީ ޑޭޝް -8 ފްލީޓް އައުކުރުމުގެ މަސައްކަތް ފަށާފައެވެ.

އެ ކުންފުނީގެ ފްލީޓް އައުކުރުމަށް 8 ބޯޓު އިތުރުކުރަން ޖެހެއެވެ. މޯލްޑިވިއަންއިން ވަނީ އެ އެއާލައިންއަށް އިތުރު 3 ބޯޓު ގެނެސް މިހާރު ބޭނުން ކުރަން ފަށާފައެވެ. މި ތިން ބޯޓުގެ އިތުރުން އަދި 5 ބޯޓު ހޯދުމަށް އައިލެންޑް އޭވިއޭޝަން އިން ވަނީ އިއުލާނު ކޮށްފައެވެ.

އައިލޭންޑް އޭވިއޭޝަނުން އިއުލާނުކޮށްފައިވަނި މޯލްޑިވިއަން އަށް އޭޓީއާރް 600-42 މަރުކާގެ ބޯޓުތަކެއް ހޯދުމަށެވެ.

މޯލްޑިވިއަންގެ ފްލީޓް އާ ކުރުމަށް އެ ކުންފުނިން ގެންނަ ބޯޓުތަކަކީ އެތެރެޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް ހޯދާ ބޯޓުތަކެކެވެ. އާ ބޯޓުތައް ގެނައުމަށްފަހު ބާވެފައިވާ ބޯޓުތަކާއި މެދު އަމަލުކުރާނެ ގޮތެއް އައި އައިލެންޑް އޭވިއޭޝަނުން ހާމައެއް ނުކުރެއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *