ކުޑަގިރި ޕިކްނިކް އައިލެންޑް

މިއަހަރުގެ ފިތުރު އީދު ވަރަށް ކުލަގަދަކޮށް މާލެ ކައިރީގައި  އޮންނަ ޕިކްނިކް އައިލެންޑް، ކުޑަގިރީގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

އަރބަންކޯއިން ބުނީ، ރަމަޟާންމަސް ނިމުމަކާއި ގާތްވެފައިވާއިރު ފިތުރު އީދުދުވަސް ފަރާތުން ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން އެރަށުގައި  އީދު  ފާހަގަކުރުމަށް ނިންމާފައިވަނީ، އީދު ފެސްޓުގެ ނަމުގައެވެ. ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހެނދުނުން ފެށިގެން ރޭގަނޑާއި ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާ ކަމަށްވެސް އެ  ކުންފުނިން ބުންޏެވެ.

ކުޑަގިރި އީދު ފެސްޓްގެ ތެރޭގައި ކުލަ ޖެހުމާއި، ކްރޮސްނެޓް ވޮލީބޯޅަ ކުޅުމާއި، ކުޑަކުދިންގެ ކައިޓް ސެޝަނަކާއި، ރޮބޯމޭންގެ ހަރަކާތްތަކާއި، ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތަކާއި، ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.

ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30 ން ފެށިގެން އިރުއޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެއެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ލުއި ކާނާ ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުންނެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެއެވެ. މީގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *