މާލެސިޓީގައި ގޮވާމުގެ ބާވަތްތަކުން މިއަދު ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން މިއަދު މެންދުރު 13:00 ގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން، ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާ  މަޖީދިއްޔާ ސްކޫލުގެ ‘ޞަލާހުއްދީން ހޯލް’ގައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވާ  ކަމަށާއި އަދި، އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯ ކަމަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާގޮތް:

19 އެޕްރިލް 2023 (ބުދަ)         13:00-15:15އަށް، 16:00- 17:30އަށް، 21:00- 22:30އަށް.

20 އެޕްރިލް 2023 (ބުރާސްފަތި)     10:00-17:30އަށް އަދި 20:00- 22:00އަށް.

ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *