Blood pressure measuring. Doctor and patient. Health care.

ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންކުރާ ބޭހެއްގެ ބެޗަކުން ވެސް މައްސަލަތަކެއް ފެނިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޓެލްމިސާޓަންގެ 40 މިލިގްރާމްގެ ބޭހުގެ ބެޗަކުން މައްސަލަތަކެއް ފެނިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ  ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށް ވާ ފާމް އިވީ ޕާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދަމުން އަންނަ ޓެލްސާޓާ 40 (ޓެލްމިސާޓަން) ބޭހުގެ ބެޗް ނަންބަރު 2B151 ގައި މުށިކުލައިގެ ލައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ސަބްސްޓޭންޑަޑް ޕްރޮޑަކްޓެއްގެ ގޮތުގައި އެ ބެޗުގެ އުފެއްދުންތައް ފާހަގަކޮށްފައިވާ ކަަމަށް ޕާކިސްތާނުގެ ބޭހާ ބެހޭ މަރުކަޒުން ވަނީ އަންގާފައި ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

މި ބޭހަކީ ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކުން ހުއްދަ ކުރާ ބޭހެއް ނަމަވެސް މި ވަގުތު މި ބޭހުގެ މި ބެޗް (2B151) ރާއްޖޭގައި ނެތް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެއިން ބޭރުން ފަރުވާ ކުރާ ފަރާތްތަކުން އަމިއްލައަށް ބޭސް ސިޓީއަށް ބޭސް ނަގައިގެން ރާއްޖެއަށް އަންނަ އިރު މި ކަމަށް ސަމާލުވުމަށް އެދޭކަމަށެވެ. މީގެ އިތުރުން މި ބެޗުގެ ބޭސްތައް ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ޕޯޓުތަކުގައި ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެއެވެ.

މި ބޭހަކީ ހައި ބްލަޑް ޕްރެޝަރު (ހައިޕާޓެންޝަން) އަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭހެކެވެ. މި ބޭހުން ލޭގެ ޕްރެޝަރު ދަށްކޮށް ދީ ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމާއި ކިޑްނީގެ މައްސަލަތައް ކުޑަކޮށްދޭނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *