ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެއެވެ.

އެމްއެފްޑީއޭ އިން ބުނީ، ޑިފިޓެލިއޯ ނުވަތަ ޑިފިބްރޮޓައިޑް ސޯޑިއަމްގެ ފޯލްސިފައިޑް ބެޗްތަކެއް ޔުނައިޓަޑް އަރަބް އެމިރޭޓްސްއިންނާއި ކިޒިކިސްތާނުން ފެނިފައިވާ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެލާޓެއް ނެރެފައިވާ ކަމަށެވެ.

މި ބޭހަކީ ރާއްޖޭގައި ވިއްކުން ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހަކަށް ނުވިޔަސް ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދައްކައިގެން ދޭ ބޭސް ސިޓީއަށް ރާއްޖެއިން ބޭރުން މި ބޭސް ގަންނަ ފަރާތްތަކުން މި ކަމަށް ސަމާލުވުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *