ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލިސް ކުރާގެ ޕާޓީކުރާ އައްޑާއަކަށް ބަދަލުކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ، މަޖިލިހުގެ ޖަލްސާގައި ކޮމިޓީތަކުގައި މެމްބަރުން އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވާތީ އެކަމާ ނުރުހުން ފާޅުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެ އޭނާ ތަޅުމުގައި ދެއްކެވި ވާހަކައިގެ ވީޑިއޯއަކާއެކުގައެވެ.

ވީޑިއޯގައި ރޮޒައިނާ ވަނީ ރިޔާސަތުގައި ތިއްބަވާ ބޭފުޅުންނަށްވެސް އެލަވެންސްތައް ލިބޭކަން ފާހަގަކުރައްވާ މަޖިލިހުގެ ރައީސާއި ނައިބް ރައީސް ރިޔާސަތުގައި ގިނަ ވަގުތު ނުތިއްބަވާކަން ފާހަކުރައްވާފައެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ އެކައުންޓުން ކުރި ޓްވީޓަކަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ހަސަން ކުރުސީ  ހިތްދަތި ވެފައި ވަނީ އޭނާ ރައްޔިތުން މަޖިލީހުގެ ރިޔާސަތާ ގުޅުވައި ދެއްކި ވާހަކަފުޅުގެ ސަބަބުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު ކަމަކީ ރައްޔިތުންގެ ފައިސާއިން ކުރީގެ ރައީސް ގެ އިނާޔަތާއި، މަޖިލިސް ރައީސްގެ މުސާރަ އާއި ހުރިހާ އެއްޗެއް ނަންގަވައިގެން ހުންނަވާ މުޅި ގައުމުގައި ފިތުނަ އުފެއްދުން ކަމަށެވެ. ރޮޒައިނާ ވަނީ ރައީސް ނަޝީދު މީހުންގެ އަބުރުކަތިލާ ރޭގަނޑު ޓެރަސްތައް މަތީ ޕާޓީކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލިހުގެ ރައީސް ކަމަށް ވަޑައިގެން ރައީސް ނަޝީދު މުޅި މަޖިލީހުގެ ހިންގުން އެއްކޮށް ހަރާބުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ތިމަންނާއޭ މަޖިލިހުގެ ގަވައިދަކީ ކަމަށް ވިދާޅުވެ އެތަންވެސް ޕާޓީކުރާ އައްޑާއަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިބޭފުޅާގެ މި އުޅުމަށް މަގުފަހިކޮއްދޭން ކޮންމެ އަހަރަކު ދައުލަތުން އެތައް މިލިއަން ރުފިޔާ ޚަރަދު ކުރަން އެބަޖެހޭ."

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓަރ އަކުން ރޮޒައިނާ އަށް ފާޑު ކިޔާއިރު އެ ޓްވިޓާރ އެކައުންޓަކީ ރައީސް ނަޝީދުގެ އެއްޗެއް ކަމަށް ވިދާޅުވެ ރޮޒައިނާ ވެސް އަންނަނީ ރައްދު ދެއްވަމުންނެވެ.

މިއަދުގެ ޓްވީޓް ފައްޓަވަމުންވެސް ރޮޒައިނާ ވިދާޅުވީ ހަސަން ކުރުސީ މާ ހިތްދަތިވެގެން އުޅެނީ އެކަމަނާ މަޖިލިހުގައި މިއަދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *