ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ ދަށުން، އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިންމާލައިފި އެވެ.

މި މަޝްރޫއުގެ ދަށުން ކުރިޔަށްދާ އައު ހާބްރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 76 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އަދި، އައު ހާބަރ ޗެނަލް ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 86 އިންސައްތަ ވަނޟ ފުރިހަމަކުރެވިފައެވެ. ސައިޓުގައި މިހާރު ކުރިއަށްދަނީ އެންކަރ ޕައިލް ހަރުކުރުމާއި އޭގެ ކޮންކްރީޓް މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *