މާރުކޭޓް ސަރަހައްދު ފިހާރައެއްގައި ބަޔަކު ވިޔަފާރިކުރަނީ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ޕްލާސްޓިކް ކޮތަޅުގެ ފީގެ އަދަދު ކަށަވަރުކުރުމަށް ރިކޯޑު ބެލެހެއްޓުމުގެ ގަވާއިދެއް އެކުލަވާލާ ގެޒެޓްގައި އެ ގަވާއިދު އާންމުކޮށްފިއެވެ.

މީރާއިން އެކުލަވާލާފައިވާ މި ގަވާއިދުގެ ދަށުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ފިޔަވާ  އެ ނޫން ފަރާތްތަކުން ޕްލާސްޓިކު ކޮތަޅުގެ ފީގެ ގޮތުގައި ނަގާ އަދަދުގެ ސައްހަކަން ކަށަވަރުކުރުމަށް އެ ފަރާތްތަކުން ބަލަހައްޓަންޖެހޭ ރިކޯޑްތައް ބަޔާން ކުރުމާއި ރެކޯޑް ބެލެހެއްޓުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ތަފްސީލް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ ދަށުން ވިޔަފާރި ހަރާކާތްތައް ހިންގާ ފަރާތްތަކުން ދުވަހުން ދުވަހަށް ތާރީހް އެނގޭ ގޮތަށް ކަސްޓަމަރުންނަށް ވިއްކާ ޕްލާސްޓިކު ކޮތަޅާއި ހިލޭ ފޯރުކޮށްދޭ ޕްލާސްޓިކު ކޮތަޅުގެ އަދަދާއި އަގު ބަލަހައްޓަންވާނެއެވެ.

އަދި ހަލާކުވާ ޕްލާސްޓިކު ކޮތަޅުގެ އަދަދާއި އޭގެ އަގުވެސް ބަލަހައްޓަންވާނެއެވެ. ކަސްޓަމަރުންނަށް ވިއްކާ އަދި ހިލޭ ފޯރުކޮށް ޕްލާސްޓިކު ކޮތަޅަށް ނުވާ އެހެނިހެން ބާވަތްތަކުގެ ކޮތަޅުގެ އަދަދާއި ކަސްޓަމަރުން އަނބުރާ ރައްދުކުރާ ޕްލާސްޓިކު ކޮތަޅުގެ ތަފްސީލްވެސް މި ގަވާއިދުގެ ދަށުން ބަލަހައްޓަން ޖެހެއެވެ.

އަސި ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅު ހޯދާ ގޮތުގެ މައުލޫމާތާއި ސަޕްލަޔަރުންގެ މައުލޫމާތުވެސް ހިމަނަން ޖެހެއެވެ. އަދި ވިޔަފާރި ހަރަކާތްތަކުން ޕްލާސްޓިކް ކޮތަޅު އިމްޕޯޓް ކޮށްފައިވާނަމަ އެކަމުގެ ތަފްސީލުވެސް ބަލަހައްޓަން ޖެހެއެވެ.

މި ގަވާއިދުގެ ދަށުން ޕްލާސްޓިކު ކޮތަޅުގެ ފީގެ ރިކޯޑު ބަލަހައްޓަންވާނީ ޓެކްސް ނެގުމާއި ބެހޭ އިދާރީ ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

އަތުން ލިޔެގެންނަމަ އެ މައުލޫމާތު ދުވަހުން ދުވަހަށް ރިކޯޑްކޮށް ބަލަހައްޓަންވާނީ އެ މައުލޫމާތު ވަކިވަކިން އެނގޭގޮތަށް އެފަރާތުގެ ވިޔަފާރީގެ އެހެނިހެން ރިކޯޑްތަކާއި ވަކިން ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *