12 އޭޕްރީލް 2021 - ވިޔަފާރިކުރުމަށް މާލޭގެ ފިހާރައަކަށް މީހަކު ވަންނަނީ -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

މަާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން މި ގޮތަށް އަމަލުކުރަން ފަށަނީ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލް ގައި ކަސްޓަމަރަކަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނަގަން ޖެހޭނެ ކަމަށް ކުނި މެނޭޖް ކުރުމުގެ ގާނޫނުން ލާޒިމް ކުރާތީއެވެ.

އެ ގާނޫނުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުން ކުރާ ކޮތަޅާއި ކުނި މެނޭޖު ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ހާއްސަކޮށއ ވިއްކާ ނުވަތަ ދޫކުރާ ‘ބިންލައިނާ’ ނޫން އެހެން ހުރިހާ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ޖެހެއެވެ. މި ތަކެތި މިއީ އެ ގާނޫނުގެ ދަށުން ފީ ނެގުމުން އިސްތިސްނާވާ ބާވަތްތަކެވެ.

ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ޖެހެނީ ކުނި މެނޭޖްކުރުމުގެ ގާނޫނު ތަސްދީކުކުރެއްވިތާ 4 މަސް ފަހުންނެވެ. އެ ގާނޫނު ތަސްދީގުކުރިފަހުން މާދަމައަށް 4 މަސް ފުރޭނެއެވެ. އެހެންކަމުން ވިޔަފާރި ހަރަކާތްތަކުން މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅަން ފީ ނަގަން ފަށާ، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެވިޔަފާރިއަކުން ޓެކްސް ދައްކަން ކަނޑައަޅާފައިވާ ސުންގަޑިއަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީ މީރާއަށް ދައްކަން ޖެހޭނެއެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދައްކާ ފައިސާ ޖަމާކުރަން ވާނީ ދައުލަތުގެ މާލީއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ  މޯލްޑިވްސް ގްރީން ފަންޑަ ށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *